ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ބައްދަލްކުރައްވައިފިއެވެ.

މިވަގުތު މެލޭޝިޔާގައި ތިއްބެވި މި ދެބޭފުޅުން ބައްދަލްކުރައްވާފައިވަނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައެވެ. މި ބައްދަލްވުމުގެ ފޮޓޯއަކާއެކު ނާޒިމްގެ އަނބިކަނބަލުން އަފާފް އަބްދުލްމަޖީދު ވަނީ ނާޒިމާއި ބައްދަލްކުރެއްވިކަމަށްޓަކައި ރައީސް މައުމޫނަށް ޝުކުރު ދަންނަވާ ޓްވީޓެއް ކުރައްވާފައެވެ.

މި ބައްދަލްވުމުގައި ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމާއި، މައުމޫންގެ ދެދަރިކަނބަލުންކަމަށްވާ ޔުމްނާ މައުމޫނާއި، ދުންޔާ މައުމޫންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.