ޕާޓީ ބަދަލުކުރިނަަމަވެސް ކޮރަޕްޝަނާއި، ޚިޔާނާތުގެ މައްސަލަތައް އިންސާފުވެރިގޮތަކަށް ބަލަންޖެހޭނެކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.
ޝައިޚް އިލްޔާސް މިހެން ވިދާޅުވީ އެމަނިކުފާނު ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ޝައިޚް އިލްޔާސް ވިދާޅުވީ އެއްވެސް ބަޔަކަށް އިންސާފުން ރެކިގެން ދެވިގެން ނުވާނެކަމަށެވެ. އެހެން ނޫނީ ގައުމަށް ދުވަހަކުވެސް އަމާންކަމާއި ހަމަޖެހުމެއް ނުލިބޭނެކަމަށްވެސް ޝައިޚް އިލްޔާސް ވިދާޅުވިއެވެ.
އެހެންކަމުން ޕާޓީ ބަދަލުކުރިނަަމަވެސް ކޮރަޕްޝަނާއި، ޚިޔާނާތުގެ މައްސަލަތައް އިންސާފުވެރިގޮތަކަށް ބަލަންޖެހޭނެކަމަށް އިލްޔާސް ވިދާޅުވިއެވެ.