އެކަނިވެރިކަމާއި ޑިޕްރެޝަނުން އަރައިގަތުމަށް ސޯޝަލް މީޑިއާ ބޭނުންކުރާ މިންވަރު މަދު ކުރުމަކީ އެހީއެއް ކަމަށް އެމެރިކާގެ ޔުނިވަސިޓީ އޮފް ޕެންސެލްވީނިއާއިން ހެދި ދިރާސާއަކުން ދައްކައިފި އެވެ.

ސޯޝަލްމީޑިއާ އާއި އެކަނިވެރިކަން އަދި ޑިޕްޜެޝަނާއި ސީދާ ގުޅުވައިދޭކަން ހާމަކޮށްދޭ ދިރާސާއެއް ހެދި ފުރަތަމަ ބަޔަކީ އެ ޔުނިވަސިޓީ ކަމަށް އެ ޔުނިވަސިޓީން ބުނެއެވެ.

މި ދިރާސާގައި ބައިވެރިވި ދަރިވަރުން ފޭސްބުކް، އިންސްޓަރގްރާމް، އަދި ސްނެޕްޗެޓް ބޭނުންކުރާ މިންވަރު ދުވާލަކު 10 މިނިޓަށް ދަށް ކުރިއެވެ. މި ސޯޝަލް މީޑިއާގެ ވަސީލަތްތައް ކޮންމެ ދުވަހަކު ބޭނުން ކުރާ މިންވަރު 10 މިނިޓަށް މަދުކުރުމުން އެކުދިންގެ 'ޑިޕްރެސިވް ސިމްޕްޓަމްސް' ނުވަތަ މާޔޫސްވާކަން ހާމަވާ ހެކިތައް އެކުދިންގެ ކިބައިން ފާހަގަކުރެވޭ މިންވަރަށް މަދުވިއެވެ.