ސްކްރީން ޑިޕެންޑެންސީ ނުވަތަ ސްމާޓް ޑިވައިސްތަކަށް ބަރޯސާވެފައިވާ މިންވަރަކީ އަދުގެ މުޖުތަމައުތަކުގައި ވަރަށް ބޮޑު މައްސަލައަކަށް މިވަނީ ވެފައެވެ.

މިމައްސަލައިގެ ސަބަބުން ހާއްސަކޮށް ސަމާލުވާންވީ ކުޑަ ކުދިންނަށެވެ. އެ ކުދިންގެ ސިކުނޑި ތަރައްގީވުމާއި ހެދި ބޮޑުވުމަށް މިކަމުން ނޭދެވޭ އެތައް އަސަރެއް ކުރާކަން ދިރާސާކާރުންނަށް ވަނީ ދެނެގަނެވިފައެވެ.

އެހެންކަމުން ކުޑަކުދިން ފޯނާއި ޓެބްލެޓާއި ޓީވީ އާއި މިނޫންވެސް ސްކްރީންތަކަށް ބަލާ އެތަކެތި ބޭނުން ކުރާ މިންވަރު ކޮންމެހެން މަދުކުރަން ޖެހެއެވެ.

ބައެއް ބެލެނިވެރިން އެއްގޮތަކަށްވެސް ކުދިންނަށް ސްކްރީން ނުދައްކައެވެ. މިކަމުގައި ސަމާލުކަން ދޭންވީ ދެ އަހަރުން ދަށުގެ ކުދިންނަށް އެއްގޮތަކަށްވެސް ސްކްރީން ނުދެއްކުމަށެވެ.