ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ސްޓޭޓް މިނިސްޓަރުންގެ މަގާމަށް މިއަދު ފަސް ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މިބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.

ސްޓޭޓް މިނިސްޓަރުންގެ މަގާމަށް މިއަދު އައްޔަންކުރެއްވި ބޭފުޅުންނަކީ މިނިސްޓާ އޮފް ސްޓޭޓް ފޯ އިކޮނޮމިކް ޑިވެލޮޕްމަންޓްގެ މަގާމަށް މ. މުއްދޫ މުހައްމަދު އިއާދު ހަމީދާއި، މިނިސްޓާ އޮފް ސްޓޭޓް ފޯ ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާގެ މަގާމަށް ގ. ސެރޭންޑް ހަސަން ރަޝީދާއި، މިނިސްޓާ އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއާޒްގެ މަގާމަށް ގދ. ވާދޫ ގުލްބަކާގެ އައްޝައިޚް އިލްޔާސް ޖަމާލާއި، މިނިސްޓާ އޮފް ސްޓޭޓް ފޯ ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ މަގާމަށް ސ. ފޭދޫ ހަނދުވަރީގެ އައިޝަތު ރަޝީދާގެ އިތުރުން މިނިސްޓާ އޮފް ސްޓޭޓް ފޯ އެންވަޔަރަންމަންޓްގެ މަގާމަށް މ. ސީވޯލް އަހްމަދު މުޖުތަބާ އެވެ.

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ މިބޭފުޅުން މަގާމުތަކަށް އައްޔަނުކުރައްވާފައިވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުން ކަމަށެވެ.