އެކްޓްރެސް ދިޕިކާ ޕަދޫކޯންއާއި އެކްޓަރު ރަންވީރް ސިންގްގެ ކައިވެނީގެ އުފަލުގައި ބާއްވަން ނިންމާފައިވާ ޕާޓީތަކުގެ ތެރެއިން ފަހު ޕާޓީ ރޭ މުމްބާއީގައި ބާއްވައިފި އެވެ.

ބޮލީވުޑްގައި މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަކޮށް ބޭއްވި މި ޕާޓީގައި މަޝްހޫރު އެތައް ފަންނާނުންނެއް ބައިވެރިވެފައިވެ އެވެ. އެގޮތުން އަމިތާބް ބައްޗަން، ޖަޔާ ބައްޗަން، އައިޝްވާރިޔާ ރާއި ބައްޗަން، ޝާހްރުކް ޚާން، ރިތިކް ރޯޝަން، ރާނީ މުކެރްޖީ، ވިއްދިޔާ ބާލަން، ކަރީނާ ކަޕޫރް ޚާން، ސައިފް އަލީ ޚާން، ސާރާ އަލީ ޚާން، ކެޓްރީނާ ކެއިފް، ރާޖްކުމާރް ރާއޯ، އަޔުޝްމާން ޚުރާނާ، ޝިލްޕާ ޝެޓީ، ޖާންވީ ކަޕޫރް، އަނިލް ކަޕޫރް، އަރްޖުން ކަޕޫރް، މަލައިކާ އަރޯރާ، ފަރާ ޚާން، ސަންޖޭ ދަތް، ޖެކުއެލިން ފެނާންޑޭޒް، ރޭކާ، މާދުރީ ޑިކްސިޓް، ރަވީނާ ޓަންޑަން، ސަންޖޭ ލީލާ ބަންސާލީ އަދި މިނޫނަސް ހިންދީ ފިލްމް އިންޑަސްޓްރީގެ ކާމިޔާބު އެތައް ފަރާތެއް މި ކައިވެނި ޕާޓީއަށް ގޮސްފައިވެ އެވެ.