ނޭޕާލުގައި ކުރިއަށްދާ ދެކުނު އޭޝިއާގެ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓުން ރާއްޖޭގެ ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާ ރިހި މެޑަލް ހޯދައިފިއެވެ.

މިއަހަރުގެ މުބާރާތުން މި ދެކުޅުންތެރިން ރިހި މެޑަލް ހޯދިއިރު، މިދިޔަ އަހަރުވެސް މި ދެކުޅުންތެރިން ވަނީ މިމުބާރާތުން ރިހި މެޑަލް ހޯދާފައެވެ.

މިއަހަރުގެ ފައިނަލުން ނަބާހާ އާއި ނަބީހާ ބަލިވީ އިންޑިއާގެ ޕެއާއެއް ކަމަށްވާ ޕޫރްވާ ބާވޭ އާއި ތަނީޝާ ކްރާސްތޯ އަތުންނެވެ.