އުރީދޫ ބްރޯޑްބޭންޑްގެ ހަލުވި ސްޕީޑްތަކުގެ ހިދުމަތް ރ. ދުވާފަރަށް ތައާރަފްކޮށްފިއެވެ.

އިއްޔެ ތައާރަފްކުރި މި ހިދްމަތާއިއެކު ދެ އެމްބީޕީއެސްއިން ފެށިގެން 100 އެމްބީޕީއެސްއާ ދެމެދު ސްޕީޑް ލިބޭ ޕެކޭޖްތައް އެރަށުގެ ރައްޔިތުންނަށް ލިބިގެންދާނެއެވެ.

އިޤްތިސާދީ އަދި އިޖްތިމާއީ ކުރިއެރުން ގެނައުމުގައި ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތަކީ މުހިންމު ދައުރެއް އަދާކުރާ އެއްޗަކަށްވުމުން، އުރީދޫގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ ކޮންމެ ރަށަކަށްވެސް، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ހެޔޮ އަގެއްގައި ފޯރުކޮށްދިނުން ކަމަށް އުރީދޫއިން ބުނެއެވެ. އަދި ދުވާފަރަށް އުރީދޫ ސުޕަނެޓް ތައާރަފް ކުރެވުމަކީ އެ ކުންފުންޏަށް ލިބޭ ބޮޑު އުފަލެއް ކަމަށްވެސް ފާހަގަ ކޮށްފައިވެއެވެ.

ރާއްޖެއަށް ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް ތަޢާރަފްކުރުމަށް އުރީދޫން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ކުންފުނިން ވަނީ 31 ޑިސެމްބަރު 2018 ގެ ކުރިން ސުޕަނެޓް ޚިޔާރު ކުރައްވާ ދުވާފަރުގެ ކަސްޓަމަރުންނަށް އެއްވެސް ކަނެކްޝަން ފީއެއް ނުހިމެނުމަށް ނިންމާފައެވެ.

ދުވާފަރުގައި ސުޕަރނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް، އުރީދޫގެ އިންފްރާސްޓްރަކްޗަރ ޕާޓްނަރަކީ ސެޓްލިންކް ޕްރައިވެޓް ލިމިޓެޑްއެވެ.