ގއ ކަނޑުހުޅުދޫ ބަނދަރު ހެދުމުގެ މަސައްކަތުގައި އުޅޭ އެމްޓީސީސީގެ މުވައްޒަފެއްގެ ގައިގައި އެކްސްކަވޭޓަރަކުން ޖެހި މަރުވެއްޖެއެވެ.

ކަނޑުހުޅުދޫ ކައުންސިލްގެ ނައިބުރައީސް ޝިއުމާޒް އަބުދުއްސަމަދު ވީނިއުސްއަށް މައުލުމާތު ދެއްވަމުން ވިދާޅުވީ، އެހާދިސާގައި މަރުވެފައި ވަނީ އެމްޓިސީސީގެ ބިދޭސީ މުވައްޒަފެއް ކަމަށެވެ. އެމީހާއަކީ މުރުން 35 ވަރަކަށް އަހަރުގެ އިންޑިއާގެ ރައްޔިތެއް ކަމުގައިވެސް ޝިމާޒް ވިދާލުވިއެވެ.

ޝިމާޒު ވިދާޅުވީ، މަރުވި މީހާގެ ގައިގައި އެސްކަވޭޓަރުން ޖެހިފައިވަނީ، އެ ވެހިކަލް މަރާމާތު ކުރުމުގެ މަސައްކަތެއް ކުރަން އުޅެނިކޮށް ކަމަށެވެ. އޭނާގެ މައިބަދައިގައި އެސްކަވޭޓަރުންޖެހުނު އިރު އޭނާ މަރުވީ، ސިއްޙިމަރުކަޒަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ކަމަށެވެ.

މިހާދިސާ ހިނގީ މިއަދު ހެނދުނު 8:45 ހާއިރު އެމްޓިސީސީގެ ސައިޓް ތެރޭގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިހާދިސާ ހިނގަން މެދުވެރިގޮތް ބަލައި ތަހުޤީޤު ކުރުމަށް ގެމަނަފުށީގައި ތިބޭ ފުލުހުން މިހާރު ކަނޑު ހުޅުދޫއަށް އައިސްްފައިވާ ކަމުގައިވެސް އެރަށު ކައުންސިލުން މައުލޫމާތު ދީފައިވެއެވެ.