ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސްގެ މަޤާމަށް މާފަންނު ފީރޯޒްވިލާ އަޙްމަދު ސަމީރު މިއަދު ޢައްޔަން ކުރައްވައިފިއެވެ.

އަޙްމަދު ސަމީރު މަޤާމަށް ޢައްޔަނު ކުރައްވައި މަޤާމުގެ ފަތްކޮޅު ދެއްވީ މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ސަމީރަކީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމާއި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

މީގެ އިތުރުން އަހުމަދު ސަމީރަކީ، ޖުމުހޫރީޕާޓީގެ ސެކްރެޓްރީ ޖެނެރަލްގެ މަޤާމުގައިވެސް މިހާތަނަށް ހުންނެވި ބޭފުޅެކެވެ.

މީގެ އިތުރުން 9 ބޭފުޅަކު ސްޓޭޓު މިނިސްޓަރުންގެ މަޤާމަށް އައްޔަނު ކުރައްވައި އެބޭފުޅުންނަށްވެސް ވަނީ ވަނީ ފަތްކޮޅު ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް މިއަދު ޢައްޔަން ކުރެއްވި ބޭފުޅުންނަކީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒްގެ މަޤާމަށް، ގަލޮޅު ޗާންދަނީމާގެ، ޙަސަން ޝުޖާޢުއާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސްގެ މަޤާމަށް، މައްޗަންގޮޅި ފްލޯރިފަރ، އިސްމާޢިލް ޢަލީމަނިކާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމަށް ހެންވޭރު ކީރަންމާގެ، މުޙައްމަދު ޢަލީއާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަޤާމަށް، އައްޑުއަތޮޅު ހިތަދޫ، އާޒާދީގެ ޢަލީ ޞާލިޙާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަންގެ މަޤާމަށް ކޮޅުމަޑުލު ތިމަރަފުށީ އޯކިޑްމާގެ، އަޙްމަދު ރިޔާޟްއާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ މަޤާމަށް، ދަފްތަރު ނަންބަރު 4742، މުޙައްމަދު އަޙްމަދާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހައުސިންގް އެންޑް އަރބަން ޑިވެލޮޕމަންޓްގެ މަޤާމަށް، ދަފްތަރު ނަންބަރު 3851، އަޙްމަދު ނަޝީދާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ މަޤާމަށް، މާފަންނު ފަޅުމަތީގެ، އަސްހަދު ޢަލީއާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަޤާމަށް، ގަލޮޅު އޯޑެންސް ފަޒްނާ ޝާކިރެ