ކޮމްޕިއުޓާ ޕްލަސްގެ ފަރާތުން އަހަރު ނިމޭ ދުވަސްކޮޅާ ދިމާކޮށް "އިޔާ އެންޑް ކްލިއެރެންސް ސޭލް 2018" ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި އެވެ.

ކޮމްޕިއުޓާ ޕްލަސް އިން ބުނީ މި ޕްރޮމޯޝަންގައި ލެޕްޓޮޕް، ކޮމްޕިއުޓަ ސިސްޓަމް، ޕްރިންޓަރު، ކާޓްރިޖް އަދި ކޮމްޕިއުޓަ އެކްސެސަރީސް ވަރަށް އަގުހެޔޮކޮށް ލިބޭނެ ކަމަށެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދަނީ "ފްރޭމް އިޓް، ޓެގް އިޓް، އެންޑް ވިން"ގެ ނަމުގަ އެވެ.

ކޮމްޕިއުޓާ ޕްލަސް އިން ބުނީ މިޕްރޮމޯޝަންގައި ނަގާ ގުރުއަތުން އެއްވަނައަށް ދާ ފަރާތަކަށް ވަރަށް ހާއްސަ ލެޕްޓޮޕެއް ލިބޭނެ ކަމަށާއި ކޮންމެ ދުވަހަކު ގުރުއަތުން ހޮވޭ ފަރާތަކަށް އަގުހުރި އެތައް އިނާމް ތަކެއް ލިބިގެންދާނެ އެވެ.

ކޮމްޕިއުޓާ ޕްލަސް އިން އިތުރަށް ބުނީ މި ޕްރޮމޯޝަން ސްޓޮކް ހުސްވަންދެން ކުރިއަށް ގެންދާނެ ކަމަށެވެ