މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ކައިވެނި ކުރި ދިޕިކާ ޕަދޫކޯންއާއި ރަންވީރް ސިންގް ހަނީމޫން ނިންމާލުމަށްފަހު ރޭ އެނބުރި އިންޑިއާއަށް ގޮސްފައިވާއިރު ރަންވީރް ދެން ޝޫޓިން ފަށަން ހަމަޖެހިފައި އޮތް ފިލްމަކީ އެއިޓީ ސެވަން އެވެ.

ކަބީރް ޚާން ޑައިރެކްޓްކުރާ މިފިލްމަކީ 1983 ވަނަ އަހަރުގެ ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކުރި އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ އޭރުގެ ކެޕްޓަން ކަޕިލް ދޭވްގެ ހަޔާތުގެ މައްޗަށް ހަދާ ފިލްމެކެވެ.