ހއ. އިހވަންދޫގައި މަންމަގެ ގައިދަށުވެގެން ކުޑަކުއްޖަކު މަރުވެއްޖެ އެވެ.

ވީނިއުސް އަށް މައުލޫމާތު ދެއްވަމުން އިހަވަންދޫ ކައުންސިލަރަކު ވިދާޅުވީ މިކުއްޖާ މަރުވެފައިވަނީ މިއަދު ފަތިހު ވަގުތު ކަމަށެވެ.

އޭނާ ވިދާޅުވީ މަރުވެފައިވަނީ އުމުރުން 16 ދުވަސްވީ ކުއްޖެއް ކަމަށާއި އެކުއްޖާގެ މަރަކީ ގުދުދަތީ މަރެއް ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށެވެ.

މިކުއްޖާގެ ހަށިގަނޑު މިއަދު ހެނދުނު 11:45 ހާއިރު ވަޅުލާފައިވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ކުއްޖާގެ މަންމައާއި ބައްޕަގެ އެހެން ކުއްޖެއް ހުންނަ ކަމަށްވެސް ކައުންސިލަރު ވަނީ ވިދާޅުވެފަ އެވެ.

މިކުއްޖާ މަރުވީ މަންމަގެ ގައިދަށުވެގެން ކަމަށް ބައެއް މީހުން ބުނަމުން ދިޔަ ނަމަވެސް މިމައްސަލާގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށްވެސް އިހަވަންދޫގެ ބައެއް މީހުން ދަނީ ބުނަމުންނެވެ.

މިމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާތީ ފުލުހުން ވެސް ދަނީ މިމައްސަލަ ތަހުގީގުކުރަމުންނެވެ.

މަންމަގެ ގައިދަށުވެގެން މީގެކުރިން ވެސް ރާއްޖޭގައި ކުޑަކުދިން މަރުވެފައިވެ އެވެ.