"ރާނީ ޕިއްޒާ ފަރީއްކުޅުއްވާތަ؟" މިއީ އިނގިރޭސި ވަލީއަހުދު ޕްރިންސް ވިލިއަމްގެ އަނބިކަނބަލުން ކޭޓް މިޑްލްޓަންއާ ދާދިފަހުން ކުރިމަތިވި، ޖަވާބު ދިނުމަށް އެންމެ ދަތިވި އެއް ސުވާލެވެ. އެކަމަނާއާ މިސުވާލު ކުރިމަތިކުރުވީ، ތުއްތު އަންހެން ކުއްޖެކެވެ. މިޑްލްޓަން ހުންނެވީ ލަންޑަނުގައި ހުންނަ "ކިންގް ހެންރީސް ވޯކް ގާޑްން" ގައި ތުއްތު ކުދީންތަކަކާއެކު ވަގުތު ހޭދަކުރައްވާށެވެ. އޭރު އޭކަމަނާ އުޅުއްވީ، އެކުދީންނާއެކު ޕިއްޒާ ފިހުމަށް ތައްޔާރުކުރުމުގައެވެ.

"ރާނީ ޕިއްޒާ ފަރީއްކުޅުއްވާތަ؟" މިސުވާލަށް ދޭނެ ޖަވާބެއް ކޭޓްއަށް އެނގިވަޑައެއް ނުގަތެވެ. "ތިއީ ވަރަށް ރަނގަޅު ސުވާލެއް. ނަމަވެސް، ތިސުވާލުގެ ޖަވާބެއް ނޭނގޭ. ދެން ރާނީއާ ބައްދަލުވާ ފަހަރަކުން އަހާލާނަން،" ހިނިވަރުނަކުރައްވަމުން ކޭޓް އެކުއްޖާގެ ސުވާލަށް ޖަވާބު ދެއްވިއެވެ.

ޑެރެން މެކްގްރޭޑީއަކީ، 92 އަހަރުފުޅުގެ ރާނީގެ ކުރީގެ ޚާއްސަ ޝެފެވެ. ދަ ޓެލެގްރާފަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ، ރާނީ އެލިޒަބަތަކީ ތަފާތު ވައްތަރުތަކުގެ ކާނާ

ފަރީއްކުޅުއްވުމަށް ލޯބިކުރައްވާ ބޭކަނބަލެއް ނޫންކަމަށެވެ.