މ. މަޑުއްވަރީގައި ބިދޭސީއަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

މ. މަޑުއްވަރީ ކައުންސިލްގެ ބޭފުޅަކު ވިދާޅުވީ އެރަށުން ގެއްލިގެން ހޯދަމުންދަނީ އެރަށުގައި މަސައްކަތް ކުރަމުންދިޔަ ބަންގްލަދޭޝް ފިރިހެނެއް ކަމަށެވެ.

މިމީހާ ގެއްލިގެން ހޯދަން ފަށާފައިވަނީ މަސައްކަތުގައި އުޅުމަށްފަހު ފާހާނާއަކަށް ގޮސްފައި އަންނަނީ ކަމަށް ބުނެ ދިޔަފަހުން ޚަބަރެއް ނުވެގެން ކަމަށްވެސް މަޑުއްވަރީން ކައުންސިލުން ވަނީ މައުލޫމާތު ދީފަ އެވެ.

އުމުރުން 25 އަހަރުގެ މިމީހާ ހޯދުމުގެ މަސައްކަތް މަޑުއްވަރީ ރައްޔިތުން މިހާރު ދަނީ ކުރަމުންނެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ މަޑުއްވަރީން ބަންގްލަދޭޝް މީހަކު ގެއްލިގެން ރިޕޯޓް ކޮށްފައިވާ ކަމަށާއި މިމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ގެއްލިގެން ހޯދަމުންދާ މީހާ އަކީ މަޑުއްވަރީގައި ހުންނަ އޮޑި ހަރުގޭގައި މަސައްކަތްކުރަމުންދާ މީހެކެވެ.