ނ. މާފަރު މޫދުގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ވީނިއުސްއާ ވާހަކަ ދައްކަމުން މާފަރު ކައުންސިލްގެ ނައިބު ރައީސް ޒަކަރިއްޔާ މުހައްމަދު ފުޅު ވިދާޅުވީ، މަރުވެފައި އޮއްވާ ފެނުނީ އެރަށު އުމުރުން 58 އަހަރުގެ އަލީ ރަޝީދު ނަމަކަށް ކިޔާ މީހެއް ކަމަށެވެ. އަދި އޭނާ މަރުވެފައި އޮތީ ފަޅު ތެރޭގައި ހެދިފައި އޮތް މޫދު ވިނަތައް ކައިރީ ކަމަށެވެ.

ޒަކަރިއްޔާ ވިދާޅުވީ، ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް އޭނާ އޮތީ މަރުވެފައި ކަމަށެވެ.

ކުއްލި މަރުތަކުގައި ރާއްޖޭގައި މަރުވާ މީހުންގެ އަދަދު ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރު ވެފައިވާތީ ގިނަ ބަޔަކު ދަނީ ސޯސަލް މީޑިއާގައި އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރަމުންނެވެ.