ސަކޭތް ޗޯދަރީ ޑައިރެކްޓް ކޮށް 2017 ވަނަ އަހަރު ނެރުނު ހިންދީ މީޑިއަމް ވެގެންދިޔައީ އެ އަހަރުގެ އެންމެ ހިޓް އެއް ފިލްމަށެވެ.

އިރްފާން ޚާން އަދި ސަބާ ގަމަރް ލީޑް ރޯލުތައް އަދާކުރި އެ ފިލްމަކީ 23 މިލިއަން ރުޕީސްގެ ބަޖެޓަކުން ހެދި ފިލްމެކެވެ.

ބޮކްސް އޮފީހުގައި ފިލްމަށް 340 މިލިއަން ރުޕީސް ލިބިފައިވެ އެވެ.