ސޮނާކްޝީގެ "މުންގްޅާ" ލަވައަށް ބޮޑު ތަރުޙީބެއް ލިބެމުން އެބަދެ އެވެ.

ހޯމަ ދުވަހު ނެރުނު މި ލަވައަކީ މި މަހުގެ 22 ވަނަ ދުވަހު ރިލީޒްކުރާ ފިލްމް ޓޯޓަލް ދަމާލްގެ ލަވަ އެކެވެ. 1978 ވަނަ އަހަރުގެ ފިލްމު އިންކާރްއަށް ލެޖެންޑަރީ އެކްޓްރެސް ހެލެން ކުޅެދީފައިވާ މުންގްޅާ މި ފިލްމަށް މޮޑިފައިކޮށް ރީމޭކް ކުރީ ގޯރޮވް-ރޯޝިން އެވެ.

ކުރިން އޫޝާ މަންގޭޝްކަރްގެ އަޑު އިވިގެންދިޔަ މި "އައިކޯނިކް" ލަވައިން މި ފަހަރު އިވިގެންދަނީ ޖިޔޯތިކާ، ޝާން އަދި ސުބްރޯ ގާންގުލީގެ އަޑެވެ.

ޔޫޓިއުބްގައި ލަވަ ރިލީޒްކުރިތާ އަދި އެންމެ ދެ ދުވަސް ވީއިރު މިހާތަނަށް 15 މިލިއަނަށްވުރެ ގިނަ މީހުންވަނީ މި ލަވަ ބަލާފަ އެވެ.

ލަވައިން މައިގަނޑު ގޮތެއްގައި ސޮނާކްޝީ ސިންހާ ފެނިގެން ދިޔައެއް ކަމަކު ޓޯޓަލް ދަމާލްގެ އެކްޓަރު އަޖޭ ދޭވްގަންވެސް ލަވައިން ކޮންމެވެސް ވަރަކަށް ފެނިގެންދެ އެވެ.