އެކްޓަރު ސަލްމާން ޚާން ދަބަންގް އަދި ދަބަންގް-2 ގައި އަދާކުރި ފުލުސް އޮފިސަރު ޗުލްބުލް ޕާންޑޭގެ ރޯލަކީ ސަލްމާނަށް މިހާތަނަށް އެންމެ ބޮޑު ސަޕޯޓެއް ލިބިފައިވާ ރޯލޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. ވަނަމަކަށް ބައެއްފަހަރު ސަލްމާނަށް ދަބަންގް ޚާނޭ ކިޔަނީވެސް މިހެންވެ އެވެ.

ސަލްމާން ދެން އެންމެ އަވަހަށް ބޮޑު ސްކްރީނުން ފެންނާނީ މިއަހަރު ކުޑަ އީދުގައި ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމު ބާރަތް އިންނެވެ. މިއީ 2014 ވަނަ އަހަރު ޑިސެމްބަރުގައި ރިލީޒްކުރި ދެކުނު ކޮރެއާ ފިލްމެއް ކަމަށްވާ އޯޑް ޓު މައި ފާދަރގެ ހިންދީ ރީމޭކެވެ.