ބާޣީ-3ގެ އަންހެން ލީޑްރޯލުން ފެންނާނީ އެކްޓްރެސް ސާރާ އަލީ ޚާން ކަމަށް ޚަބަރު ފެތުރިފައި އޮއްވާ ފަހުން ރިޕޯޓްތައް ބުނެފައިވަނީ އެ ރޯލު ކުޑަވުމުން ސާރާ އެ ފިލްމަށް ނޫނެކޭ ބުނެފައިވާ ކަމަށެވެ. އެހެންނަމަވެސް ބާޣީ-3 ގެ ޕްރޮޖެކްޓްގައި މަސައްކަތްކުރާ މީހަކާ ހަވާލާދީ ފަހުން މީޑިއާތަކުން ރިޕޯޓްކޮށްފައިވަނީ ސާރާއަށް އެ ފިލްމުގެ ރޯލެއް ހުށަހަޅާފައި ނުވާ ކަމަށެވެ.