ދުނިޔޭގެ އެންމެ އުސް ކަޕްކޭކް ޓަވަރުގެ ރިކޯޑް އިންޑިޔާގެ ޗެންނާއީގައި މިމަހުގެ 4 ވަނަ ދުވަހު ހަދައިފިއެވެ.

ދުނިޔޭގެ ރިކޯޑްފޮތުން ދައްކާގޮތުން މިރިކޯޑް ހަދާފައިވަނީ ޕްރީތީ ކިޗަން އެޕްލައަންސަސް އެންޑް ފުޑް ކޮންސިއުލޭޓް ޗެންނާއީންނެވެ.

މިއީ ޕްރީތީ ކިޗަން އެޕްލައަންސަސްއަށް 40 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން އެކުންފުނީގެ ޓީމަކުން ހެދި ޓަވަރެކެވެ. 41 ފޫޓަށް ހަދާފައިވާ މިޓަވަރުގައި 18،818 ކަޕް ކޭކް ބޭނުންކޮށްފައި ވެއެވެ.

މިރިކޯޑް ހެދުމުގައި އެންމެ ތިރީ ބައިގައިހުރި ކަޕްކޭކްތަކުގެ ފުށްގަނޑު ތައްޔާރުކޮށް، ކޭކްތައް ފިހެ އަދި އައިސިން ޖަހާ ފަރުމާކޮށްފައިވަނީ ޗެންނާއީގެ އެންމެ ބޮޑު މޯލް ކަމަށްވާ ފޯރަމް ވިޖަޔާ މޯލްގައެވެ.