ރ. ހުޅުދުއްފާރަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން 400 ކިލޯވޯޓްގެ ޖަނަރޭޓަރެއް އެރަށަށް ގެންގޮސްފި އެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ، ހުޅުދުއްފާރަށް 400 ކިލޯވޯޓްގެ ޖަނަރޭޓަރެއް ގެންދިޔައީ އެރަށަށް ކަރަންޓުދެމުން ގެންދިޔަ ތިން ޖަނަރޭޓަރުގެ ތެރެއިން 250 ކިލޯވޯޓްގެ ޖަނަރޭޓަރަށް ދިމާވި މައްސަލައަކާއިގުޅިގެން މެދުނުކެނޑި ކަރަންޓް ފޯރު ކޮށްދިނުމަށް ދިމާފއިވާ މައްސަލަ ހައްލުކުރުމަށެވެ. އަދި އަލަށް ގެންދިޔަ ޖަނަރޭޓަރު އިންސްޓޯލްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަަމަށް ވެސް ފެނަކަ ކޯޕަރޭޝަނުން މައުލުމާތު ދެއެވެ.

ފެނަކައިން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރުގެތެރޭ އަލަށް ގެނާ 400 ކިލޯވޯޓްގެ ޖަނަރޭޓަރުން ކަރަންޓު ދެވޭނެ ކަމަށެވެ.

ހުޅުދުއްފާރުގެ އާބާދީގައި ގާތްގަނޑަކަށް 1500 މީހުން އުޅެއެވެ.