ބެޑްމިންޓަން އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ 16 ވަނަ އިންޓަ ސުކޫލް ބެޑްމިންޓަން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ، މިމުބާރާތުގެ ޓީމް އިވެންޓުގައި ބައިވެރިވާން ބޭނުންވާ އެންމެހައި ސްކޫލް، މަދަރުސާތަކުންނާއި އަމިއްލަ އިވެންޓުތަކުގައި ބައިވެރިވާން އެދޭ އެންމެހައި ސްކޫލް މަދަރުސާތަކުގެ ދަރިވަރުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުމަށްފަހު ސްކޫލް މެދުވެރިކޮށް މިމަހުގެ 21 ވަނަ ދުވަހުގެ ކުރިން އެ އެސޯސިއޭޝަނަށް ފޯމް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ، މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް އެއެސޯސިއޭޝަންގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށާއި އިތުރު މައުލުމާތު ސާފްކުރަން ބޭނުންވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 16:00 އަށް އއެސޯސިއޭޝަންގެ ފޯން ނަންބަރު 3314057 އަށް ގުޅުމުން ލިބޭނެ ކަމަށެވެ.

މީގެއިތުރުން ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ، އަންހެން އަދި ފިރިހެން ކުދިންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މިމުބާރާތުގެ ޓީމް އިވެންޓުބައި ތިން އުމުރު ފުރައަށް ބަހާލާފައިވާއިރު އެ އުމުރު ފުރާތަކަކީ 14 އަހަރުންދަށް، 16 އަހަރުންދަށް، އަދި 19 އަހަރުން ދަށުގެ އުމުރުފުރާ ކަަމަށެވެ. އަދި މުބާރާތުގެ އަމިއްލަ އިންވެންޓުތައް ކުރިއަށް ގެންދިއުމަށްހަމަޖެހިފައި ވަނީ 12 އަހަރުން ދަށުގެ ސިންގަލްސް ، 14 އަހަރުން ދަށުގެ ސިންގަލްސް ޑަބަލްސް، 16 އަހަރުން ދަށުގެ ސިންގަލްސް ޑަބަލްސް އަދި މިކްސްޑަބަލްސްގެ އިތުރުން 19 އަހަރުން ދަށުގެ ސިންގަލްސް ޑަބަލްސް އަދި މިކްސްޑަބަލްސްއަށް ބަހާލައިގެން ކަމަށެވެ.

މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަންނަ މާޗް މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން މާޗް މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ.