ކޮމިޝަނާ އޮފް ޕޮލިސްގެ ވާދައިގެ ތައްޓަށް ކުޅޭ ފުޓްސަލް މުބާރާތުގެ އަންހެން ޑިވިޒަންގެ ފައިނަލުން ސިޓީ ގަރލްސް އާއި އައިއެސްޑީ ރަނިން ޖާގަހޯދައިފިއެވެ.

ސެމީ ފައިނަލް މެޗުތަކުގެ ތެރެއިން ފުރަތަމަ މެޗުގައި ވާދަކޮށްފައިވަނީ އައިއެސްޑީ ރަނިން އާއި ޓީމް ޕޮލްކޯއެވެ. ދެވަނަ މެޗުގައި ވާދަކޮށްފައިވަނީ ސިޓީ ގަރލްސް އާއި ޕީސީޑީ ގަރލްސްއެވެ.

އައިއެސްޑީ ރަނިން ފައިނަލް ޖާގަހޯދީ ޓީމް ޕޮލްކޯއާ ވާދަކުރިމެޗުގެ ފުރިހަމަ ވަގުތު ހަމައިރު ދެޓީމު 2-2 ގެ ނަތީޖާއަކުން އެއްވަރުވުމުން ނަތީޖާ ނެރުމަށްޖެހި ޕެނަލްޓީން 5-4 ން ކުރިހޯދައިގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އައިއެސްޑީ ރަނިންގެ ކީޕަރު އައިޝަތު މުނިޔާއެވެ.