1966 ވަނަ އަހަރު އިންގްލެންޑުން ވޯލްޑް ކާމިޔާބުކުރިއިރު މުހިއްމު ދައުރެއް އަދާކުރި ގޯލްކީޕަރު ގޯޑަން ބޭންކްސް އުމުރުން 81 އަހަރުގައި މަރުވެއްޖެ އެވެ.

އިންގްލެންޑުން ހަމައެކަނި ކާމިޔާބުކުރި ވޯލްޑް ކަޕްގައި ބޭންކްސް ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި އޭނާ އަކީ ދުނިޔެ ދުށް އެންމެ މޮޅު އެއް ގޯލްކީޕަރެވެ.

ލެސްޓާ ސިޓީ އާއި ސްޓޯކް ސިޓީގެ ކުރީގެ ކުޅުންތެރިޔާ މަރުވީ ނިދީގެ ހަމަހިމޭންކަމުގެ ތެރޭގައި ކަމަށް އާއިލާ އިން ބުނެ އެވެ.

ބޭންކްސްގެ ކާމިޔާބީތަކަށް ބަލާލާއިރު 1966, 1967, 1968, 1969, 1970 އަދި 1971 ވަނަ އަހަރު އޭނާ ވަނީ ފީފާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ހޯދާފަ އެވެ. ދުނިޔެ ދުށް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށްވާ ބްރެޒިލްގެ ޕެލޭ ހޮވި އެންމެ މޮޅު ކުޅުންތެރިންގެ ލިސްޓުގައިވެސް ބޭންްކްސް ހިމެނެ އެވެ.