އއ. ވެލިދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.

ވީނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އއ. ވެލިދޫ އައިލެންޑް ރިސޯޓުގައި ގެނބިގެން މަރުވެފައި ވަނީ 78 އަހަރުގެ ފިރިހެން ފަތުރުވެރިއެކެވެ.

އޭނާއަކީ އޮސްޓްރޭލިއާގެ ރައްޔިތެއ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

ފުލުހުން ވިދާޅުވީ މި މީހާ މަރުވި ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ މިއަދު 16:49 ގައި ކަމަށެވެ.