"ޑާކްރެއިން އެންޓަޓެއިންމަންޓް"ގެ މިއަހަރުގެ ފުރަތަމަ ފިލްމު "ގޮށްރާޅު" އޮލިންޕަހުގައި ދައްކަމުންދާއިރު، ފިލްމުގައި ހިމެނޭ "ރާޅެއްހެން" ޔޫޓިއުބަށް ދޫކޮށްލައިފިއެވެ.

ހައުސްފުލް ޝޯތަކެއް އޮލިންޕަހުގައި ދައްކަމުންދާ "ގޮށްރާޅު"ގައި ހިމެނޭ "ރާޅެއްހެން" މި ލަވައަކީ ކުޅަދާނަ މިއުޒީޝަން އިސްމާއީލް އައްފާން ކިޔާފައިވާ ލަވައެކެވެ. މިއީ އައްފާން ކިޔާފައިވާ ލަވަތަކުގެ ތެރެއިން މީގެ ކުރިންވެސް އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ލަވައެކެވެ.

"ރާޅެއްހެން" ޔޫޓިއުބަށް ދޫކޮށްލާފައިވާއިރު، މި ލަވާގައި ފިލްމުގެ ބައެއް މަންޒަރުތައް ފެނިގެންދެއެވެ.

ތިރީގައި މިވަނީ ޑާކްރެއިންއިން ޔޫޓިއުބަށް ދޫކޮށްލާފައިވާ "ރާޅެއްހެން" މި ލަވައެވެ. އަވަހަށް ބަލާލާށެވެ.