ދ އަތޮޅު މާގަ ވަގު މުއާމާލަތްތަކެއްގެ ތެރެއިން ވިއްކާލައިގެން ލިބުނު 2.5 މިލިއަން ޑޮލަރު، ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބުގެ އެކައުންޓަށް ޖަމާކޮށްފައިވާކަމަށް ކުރީގެ އޮޑިޓަރު ޖެނެރަލް ނިޔާޒު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ނިޔާޒު މިހެން ވިދާޅުވީ އަދީބަށް ތާއީދުކުރާ ޒުވާނަކު، ނިޔާޒަށް ނިސްބަތްކޮށް ޓްވިޓާގައި ދެއްކި ވާހަކަތަކަކަށް ރައްދު ދެއްވަމުންނެވެ.

މިނިވަން ޝަރީއަތަކުން އަދީބަކީ ކުށެއްނެތް ބޭފުޅެއްކަން ސާބިތުވާނެކަމަށާ އެކަން ހާމަވާނެކަމަށް ބުނެ އޭނާކޮށްފައިވާ ޓްވީޓަށް ރައްދު ދެއްވަމުން ނިޔާޒު ވިދާޅުވީ ކިތަންމެ ފޮނެއް އެރުވިނަމަވެސް، ވަގެއް ވާނީ ވަގަކަށްކަމަށެވެ. އަދި އަދީބަށް ވިކިފައިތިބި ބަޔަކު ލޯ އަދިރިވެެފައި ހުއްޓަސް އަދީބު ކޮށްފައިވާ ވައްކަން ފެންނަން އެބަހުރިކަމަށް ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒު ވިދާޅުވީ ހަމައެކަނި ދ އަތޮޅު މާގަ ވަގު މުއާމާލަތްތަކެއްގެ ތެރެއިން ވިއްކާލައިގެން ލިބުނު 2.5 މިލިއަން ޑޮލަރު، ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބުގެ އެކައުންޓަށް ޖަމާކޮށްފައިވުމުންވެސް އެކަން ހާމަވާކަމަށެވެ.