ސްކޫލްތަކުގައި އައު އަހަރުގެ ކިޔެވުން މިވަނީ ފެށިފައެވެ. މިއީ، ކުޑަކުދީންގެ ސިކުނޑީގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް އަދި އިތުރަށް ފުރިހަމަ ކުރަން މަސައްކަތް ކުރުމަށް ރަނގަޅު ފުރުޞަތެކެވެ. އަދި، އެކުދީންނަށް ތަޢުލީމާއި ގުޅުންހުރި ކަންތައްތަކާއިމެދު ކަނުލާ ވިސްނުމަށް ބޭނުންވާ ފައިދާހުރި ކާނާގެ ބާވަތްތައް ދިނުމާއިމެދު ވިސްނާލަން ޖެހޭ ވަގުތެކެވެ.

މޭވާއާއި ތަރުކާރީގެ ބާވަތްތަކަކީ، ކުޑަކުދީންގެ އަދި ބޮޑެތި މީހުންގެވެސް ޞިއްހަތަށް އެންމެ ފައިދާހުރި ކާނާގެ ބާވާތްތައްކަން މިއީ ދެބަސްވެވޭނެ ހަޤީޤަތެއް ނޫނެވެ. ނަމަވެސް، ކުޑަކުދީންގެ ސްކޫލަށް ދިއުމުގެކުރީން، އެ ކުދީންގެ ސިކުނޑި އެންމެ ފުރިހަމަ ގޮތުގައި މަސައްކަތް ކުރުމަށް އެހީތެރިވެދޭނެ ކާނާތަކެއް ވެއެވެ. މިހާހިސާބުން، 12 މަހުން ފެށިގެން ބޮޑެތި ކުދީންގެ ސިކުނޑީގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް، އަދި ސިކުނޑީގެ ހެދިބޮޑުވުމަށް އެންމެ ފައިދާހުރި ކާނާގެ ބާވަތްތަކަށް ނަޒަރު ހިންގާލާނަމެވެ.