މޯލްޑިވްސް އިމިގްރޭޝަންގެ އެސިސްޓަންޓް ކޮންޓްރޯލަރުންގެ މަގާމުގައި ތިއްބެވި ދެ ބޭފުޅަކު ވަގުތީގޮތުން ގޭގައި މަޑުކުރަން އަންގައިފި އެވެ.

ވީ ނިއުސް އަށް މައުލޫމާތުދެއްވަމުން އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވީ ދެ ބޭފުޅަކު ސަސްޕެންޑް ކުރިކަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އަންގާފައިވާ ކަމަށެވެ.

އެގޮތުން އެއްމަސް ދުވަހަށް އެ ދެ ބޭފުޅުން ސަސްޕެންޑް ކުރިކަން އެންގީ ބުދަ ދުވަހު ކަމަށާއި، ދެ ބޭފުޅުން ސަސްޕެންޑް ކޮށްފައި ވަނީ އެއްމަސް ދުވަހުގެ މުއްދަތަށް ކަމަށެވެ. ކޮންޓްރޯލަރު މުހައްމަދު އަހުމަދު (ހަނަފީ) ވިދާޅުވީ، ސަސްޕެންޑް ކުރި ދެ ބޭފުޅުންނަކީ އެތަނުގެ ޒިންމާދާރު ވެރިޔާ އަދި އެސިސްޓެންޓް ކޮންޓްރޯލަރ ހާމިދު ފަތުހުﷲ އާއި، އެސިސްޓެންޓް ކޮންޓްރޯލަރ އަބްދުﷲ ވަހީދު ކަމަށެވެ.

އެ ދެ ބޭފުޅުން ސަސްޕެންޑް ކުރީ ސީއެސްސީ އިން ބަލަމުންދާ މައްސަލައެެއް ކަމަށާއި، ނަމަވެސް މައްސަލައިގެ ތަފުސީލް ހާމަކުރެވެން ނެތްކަމަށް ކޮންޓްރޯލަރ ވިދާޅުވި އެވެ.