ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުުރުވެރިން ރާއްޖެއާ މެދު ދެކޭ ގޮތް ބެލުމަށް ކުރިއަށް ގެންދާ "މޯލްޑިވްސް ވިޒިޓަ ސާވޭ" ކުރިއަށް ގެންގޮސްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފި އެވެ.

ތިން އަހަރުގެ މުއްދަތަކަށް އަހަރަކު ތިން ފަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ސާވޭގައި ފަަތުރުވެރިންނަށް ރާއްޖެއިން ލިބެން ހުންނަ ހިދުމަތްތަކާއި ފަތުރުވެރިން ރާއްޖެއާ މެދު ދެކޭގޮތާއި ފަތުރުވެރިންނާ ގުޅުން ހުރި އިތުރު އެހެން ބައެއް މައުލޫމާތުތައް ވެސް މި ސާވޭ އިން ލިބިގެންދާނެ ކަމަށް މި ސާވޭ އިންތިޒާމު ކުރާ ޓޫރިޒަމް މިނިސްޓްރީން ވަނީ މައުލޫމާތު ދީފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ސާވޭ ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މިނިސްޓްރީއަށް ފޯމް ހުށެހެޅުމުގެ ސުންގަޑި އަކީ މިމަހުގެ 14 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:00 ޖެހުމުގެ ކުރިން ކަމަށެވެ.

މި ސާވޭ އާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމެއް މިއަންނަ ބުދަ ދުވަހުގެ ހެނދުނު 11:00 ޖަހާއިރު ޓޫރިޒަމް މިނިސްޓްރީގައި އޮންނާނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.