މަޝްހޫރު ފޯނު ކުންފުނި ސެމްސަންގާއި ގުޅިގެން އުރިދޫއިން ސެމްސަންގް ގެލެކްސީ އެސް 10 އާއި އެސް 10 ޕްލަސް ތައާރަފު ކޮށްފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އުރީދޫގެ ސީއީއޯ ނާޖިބް ހާން ވިދާޅުވީ، މި ފޯނު ގަތުމަށް މިއަދުންފެށިގެން ޕްރީއޯޑާ ކުރެވޭނެ ކަމަށެވެ.

ހެޔޮ އަގެއްގައި ވިއްކާ މިފޯނު ގަންނަން އެންމެ އަގު ހެޔޮކޮށް ފުރަތަމަ ދައްކަން ޖެހޭނީ 940 ރުފިޔާއެވެ. މިއަދުން ފެށިގެން ޕްރީ އޯޑާ ކުރުމަށް ހުޅުވާލާއިރު އުރީދޫ ނަންބަރެއް އޮތް ކޮންމެ މީހަަކަށް މި ފޯނު ގަތުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

އުރީދޫއިން ތައާރަފުކުރި S10 ސީރީސްގައި 1 ޓީބީ ސްޓޯރޭޖްގެ އިތުރުން 128 ޖީބީ އަދި 512 ޖީބީގެ ފޯނުތައްވެސް ލިބޭނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ. އަދި ގަންނަ ކޮންމެ ފޯނަކާއެކު ގެލެކްސީ އިއާބަޑެއް ހިލޭ ލިބޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

ވަޔަލެސް ޕަވާ ޝެއަރިންގެ ޓެކްނޮލަޖީ ހިމެނާފައިވާ މި ފޯނުން 4ކޭ ވީޑިއޯގެ އިތުރުން ސްޓޫޑިއޯ ގްރޭޓް ފޮޓޯ ނެގޭނެއެވެ.

އުރީދޫއިން ވަނީ މީގެކުރިން އައިފޯން އެކްސްއާއި އައިފޯނު އަށެއްވެސް ތައާރަފު ކޮށްފައެވެ.