އެކްޓަރު ވިދްޔުތް ޖަމްވާލްގެ ކުރިއަށް އޮތް ފިލްމު ޖަންގްލީ ރިލީޒް ކުރަން، ކުރިން ހަމަޖެހިފައި އޮތީ އޭޕްރީލް ފަސްވަނަ ދުވަހު އެވެ. އެހެންނަމަވެސް މިހާރު މި ފިލްމު ރިލީޒްކުރުން މިވަނީ އެއް ހަފްތާ އަވަސްކޮށްފަ އެވެ.

މިފިލްމު ނެރޭނެ ކަމަށް މިހާރު އިއުލާންކޮށްފައިވަނީ މި މަހުގެ 29 ވަނަ ދުވަހު އެވެ.

އެކްޝަން ރޯލުތަކުން ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ ވިދްޔުތް މި ފިލްމުގައިވެސް ފެންނާނީ ހަމަ އެކްޝަން ހީރޯއެއްގެ ރޯލުންނެވެ.

ފިލްމުގެ ޓްރެއިލާ މިދިޔަ ހަފްތާގެ ތެރޭގައި ނެރުނު އިރު ޓްރެއިލާގައިވެސް ވަރަށް ގިނަ އެކްޝަން މަންޒަރުތައް ހިމަނާފައިވެ އެވެ.