ނިމިގެން ދިޔަ އައިޓީބީ ފެއާގައި އާއްމުންނަށް ހުޅުވާލި ދެ ދުވަހު ބޭއްވި ލަކީޑްރޯ އިން ހޮވުނު 6 މީހަކަށް އިތުުރު މީހަކާއި އެކު ރާއްޖޭގައި ހިލޭ ޗުއްޓީ ހޭދަކޮށްލުމުގެ ފުރުޞަތު ދީފިއެވެ.

މިގޮތުން މިލަކީ ޑްރޯއަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔައިރު ފެއާގައި އާއްމުންނަށޤ ހުޅުވާލި ދެ ދުވަހުގައިވެސް ވަނީ ލަކީޑްރޯ ނަގާފައެވެ.

މިލަކީޑްރޯއިން ހޮވޭ ފަރާތްތަކަށް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުޞަތު ހުށައެޅި ކިހާ މޯލްޑިވުސްއިންނާއި ސަން ޝިޔާމް އިރުފުށިންނެވެ. މިގޮތުން ސަން ސިގްނޭޗަރ ގެ އެއް ޗުއްޓީ ދަތުރު ސަން ޝިޔާމް އިރުފުށިން ހުށައަޅާފައި ވާއރު ކިހާ މޯލްޑިވުސްގެ ފަރާތުން 5 ޗުއްޓީ ދަތުރު ހުށައަޅާފައ ވެއެވެ.

"އަޅުގަނޑުމެން މިދިނީ ފަސް ކަޕްލްއަށް 5 ރޭ ކިހާ މޯލްޑިވުސްގައި ހޭދަކޮށްލުމުގެ ފުރުޞަތު. މިފަރާތްތަަކަށް ބްރެކްފާސްޓްވެސް ހިލޭ ލިބޭނެ." ކިހާ މޯލްޑިވުސްގެ ފަރާތުން ވާހަކަފުޅު ދެއްކެވި އެރިޒޯޓުގެ މާކެޓިންގ މެނޭޖަރ ވިދާޅުވިއެވެ.

ސަން ޝިޔާމް އިރުފުށި ހުށައެޅި ޗުއްޓީ ދަތުރަކީ ޕްރިމިއަމް ދަތުރެކެވެ. މި ޗުއްޓީދަތުރު ލިބުނު ފަރާތަކަށް އެއާ ޓެކްސީ ޓްރާންސްޕޯޓްގެ އަގާއި އެކު ރިޒޯޓުގެ ހުރިހާ ޚިދުމަތެއް ހިލޭ ލިބެއެވެ.

މިލަކީޑްރޯގައި ވަރަށް ގިނަ ފަރާތްތަކުން ބައިވެރިވެފައި ވާއިރު ލަކީޑްރޯއިން ހޮވުނު ފަރާތްތަކަށްވަނީ ޚާއްސަ ހަނދާނީ ހަދިޔާއެއްވެސް ހަވާލުކޮށްފައެވެ.

"އެތައް އަހަރެއް ވާންދެން އަހަރެން ދެކެމުން އައި ހުވަފެނެއް މިއީ. ނޭނގެ ބުނާނެ އެއްޗެއް." ލަކީ ޑްރޯއިން އެންމެ ފުރަތަމަ ހޮވުނު ފަރާތުން ބުންޏެވެ.