ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރޯދަމަހާ ދިމާކޮށް އެސްޓީއޯ ރަމަޒާން ބާޒާރުގެ ނަމުގައި ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ 10 އިން މެއި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގެ ތެރެއިން އެސްޓީއޯގެ ކަސްޓަމަރުންނަށް ވަރަށް އަގުހުރި އިނާމުތަކެއް ލިބިގެންދާނެ ކަމަށް އެކުންފުނިން މައުލޫމާތުދެ އެވެ. އެގޮތުން މުޅި ޕްރޮމޯޝަންގެ ތެރެއިން އެއް މިލިއަން ރުފިޔާގެ އަގުހުރި އިނާމު ކަސްޓަމަރުން ލިބިގެންދެ އެވެ. މީގެ ތެރޭގައި ވަގުތުންދޭ އިނާމާއި ހަަފުތާއަކު އެެއް ފަހަރު ގުރުއަތު ނަގައިގެންދޭ އިނާމާއި ރޯދަމަސް ނިމުމަށްފަހުދޭ ބޮޑެތި އިނާމުތައްވެސް ހިމެނެ އެވެ.

ބޮޑެތި އިނާމުތަކުގެ ތެރޭގައި އެއްވަނައަށް އަންނަ ފަރާތަކަށް 80،000 ރުފިޔާގެ އަގުހުރި އިނާމު ދިނުމަށް ވަނީ ހަމަޖައްސާފަ އެވެ. އަދި ދެވަނައަށް އަންނަ ފަރާތަކަށް 40،000 ރުފިޔާގެ އަގުހުރި އިނާމާއި ތިންވަނައަށް އަންނަ ފަރާތަކަށް 20،000 ރުފިޔާގެ އަގުހުރި އިނާމު ދިނުމަށް ވަނީ ހަމަޖައްސާފަ އެވެ.

މި ޕްރޮމޯޝަންގެ ތެރެއިން ކަސްޓަމަރުން ގަންނަ ބާވަތްތަކުން 30 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.

މިޕްރޮމޯޝަން އެސްޓީއޯގެ ހޯމް އިމްޕްރޫވްމަންޓްގެ އިތުރަށް އަތޮޅުތަކުގެ ފިހާރަތަކުގައި ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖައްސާފަ އެވެ.