މިދިޔަ މަހު 14 ގައި ނެރުނު ބޮލީވުޑް ފިލްމު ގަލީ ބޯއި ވެގެން ދިޔައީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދި ފިލްމަކަށެވެ.

އެންމެ 40 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި އެ ފިލްމަށް ބޮކްސްއޮފީހުގައި 246 ކްރޯޑް ރުޕީސް ލިބިފައިވެ އެވެ.

ފިލްމުގައި ރަންވީރް ސިންގް ފެނިގެން ދިޔައީ މުމްބާއީގެ ފަގީރު ހިސާބުގަނޑަކަށް ނިސްބަތްވާ އެހެންނަމަވެސް ކާމިޔާބު ރެޕަރަކަށް ވުމުގެ ހުވަފެން ދެކެމުން އައި ޒުވާނެއްގެ ރޯލުންނެވެ. އަދި އާލިއާ ބަޓް ފިލްމުގައި އަދާކުރީ ރަންވީރްގެ ލޯބިވެރިޔާގެ ރޯލެވެ.