ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނުން ޕްރޮޑިއުސްކޮށްފައިވާ މެގަ ފިލްމް ކަލަންކްގެ ޓީޒަރ ނެރެފި އެވެ.

މިއީ މި ފިލްމުން ނެރުނު ފުރަތަމަ ޓީޒަރ އެވެ.

މަދޫރީ ދިކްޝިތް އަދި ސަންޖޭ ދަތް 22 އަހަރަށް ފަހު އެކީގައި ފެނިގެންދާ މި ފިލްމުގެ ލީޑް ރޯލު އަދާކުރަނީ ވަރުން ދަވަން އަދި އާލިއާ ބަޓްއެވެ. ސަޕޯޓިން ރޯލުތަކުން މަދޫރީއާ ސަންޖޭގެ އިތުރުން އަދިއްތިޔާ ރޯއި ކަޕޫރް އަދި ސޮނާކްޝީ ސިންހާވެސް ފެނިގެންދާނެ އެވެ.

ފިލްމުގެ ޓީޒަރ ނެރުމާ އެކު އަމިތާބް ބައްޗަން ފަދަ ބޮލީވުޑްގެ ބޮޑެތި ތަރިންގެ ތައުރީފު ވަނީ ފިލްމަށް އަމާޒުވެފަ އެވެ. ހަމައެހެންމެ ސަޕޯޓަރުންގެ ފަރާތުންވެސް މި ޓީޒަރ އަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ.

ޔޫޓިއުބްގައި ޓީޒަރ ރިލީޒް ކުރިތާ 24 ގަޑިއިރުވެސް ނުވަނީސް 17 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ މި ޓީޒަރ ބަލާފަ އެވެ.