ރަޝިއާގެ މޮސްކޯގައި މިހާރު ކުރިޔަށްދާ މޮސްކޯ އިންޓަނޭޝަނަލް ޓްރެވަލް އެންޑް ޓޫރިޒަމް އެގްޒިބިޝަންގައި ރާއްޖެއަށް އޭޝިއާގެ ބެސްޓް ބީޗު ޑެސްޓިނޭޝަން އެވޯޑު ލިބިއްޖެއެވެ.

މީގެ ކުރިންވެސް ރާއްޖެއަށް މި އެވޯޑު ލިބިފައި ވާއިރު މިއީ ކާމިޔާބީ ރަޝިޔާގެ މާކެޓަށް ބަލާއިރު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެމްއެމްޕީއާރްސީން ފާހަގަކުރެއެެވެ.

އެމްއެމްޕިއާރްސީގެ ޑިރެކްޓަރ ފާތިމަތު ރަހީލް މޮސްކޯގައި ހުންނަވައި ވީނިއުސްއަށް ދެއްވި ބަސްދީގަތުމުގައި ވިދާޅުވީ، ބެސްޓް ބީޗު ޑެސްޓިނޭޝަން އޭޝިއާ އެވޯޑު ލިބުމަކީ ރަޝިއާގައި ރާއްޖެ އިޝްތިހާރު ކުރުމަށް ކުރެވޭ މަސައްކަތަށް ލިބުނު ބޮޑު ކާމިޔާބެއް ކަމަށެެވެ.

އޭނާ ވިދާޅުވީ އެމްއައިޓީޓީގެ ރާއްޖޭގެ ސްޓޭންޑަށްވެސް ބޮޑު ތަރުޙީބެއް ލިބެމުން އަންނަ ކަމަށެވެ.