އެފްއައިވީބީ ލެވެލް ދޭއްގެ ވޮލީބޯލް ކޯޗިން ކޯހުގެ ބައިތަކެއް ފުރިހަމަކުރުމަށް ރާއްޖޭގެ ބައިވެރިން ތައިލެޭންޑަށް ފުރައިފިއެވެ.

މި ކޯހުގެ ފުރަތަމަ ބައިގައި ކިޔަވައިދީފައިވަނީ އޮންލައިންކޮށެވެ. އަދި އެންމެ ފަހު ބައި ފުރިހަމަކުރުމަށް ހަމަޖެހިފައިވަނީ ތައިލޭންޑްގައެވެ. މިއީ ރާއްޖޭގެ ވޮލީ ކޯޗުންނަށް ލިބިގެންދިޔަ ރަނުގެ ފުރުސަތެކެވެ.

ފުރުމުގެ ކުރިން ވަގުތީ ޔޫތު މިނިސްޓަރ އަލީ ވަހީދުއާއި ވޮލީބޯލް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ލަތީފް އަދި ވޮލީ އެސޯސިއޭޝަނުގެ އިސްވެރިން ވަނީ ކޯހުގެ ބައިވެރިންނާއި ބައްދަލުކޮށްފައެވެ.

އެފްއައިވީބީ ލެވެލް ދޭއްގެ ކޯސް ނިންމުމަށް ތައިލޭންޑަށް ފުރި ރާއްޖެއިން ބައިވެރިންނަކީ މުހައްމަދު ސާޖިދް، އިބްރާހިމް ރަޝީދް، މުހައްމަދު ސޮފްވާން، މުހައްމަދު ރިޝްވާންގެ އިތުރުން އިބްރާހިމް ފަލާހް އެވެ. މި ކޯސް ކުރިޔަށްދާނީ ތައިލެންޑެގެ ވޮލީބޯލް ޑިވެލޮޕްމެންޓް ސެންޓަރުގައެވެ.

ކޯހަށްފަހު ބައިވެރިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މާރޗް މަހުގެ 18 ވަނަ ދުވަހުއެވެ.