ރަށްވެހިވެފައިވާ ރަށްނޫން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައި ނުވާނަމަ ދާއިމީ އެޑްރެސް އޮންނަ ރަށުން ބޭރުގައި ވޯޓުނުލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށްނޫން ތަނެއްގައި ވޯޓުލާން ރަޖިސްޓަރީ ނުކުރާނަމަ، މިއިންތިޚާބުގައި ވޯޓުލެވޭނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލީ ތަނަށް ކަމަށެވެ. އަދި ރަޖިސްޓަރީ ކޮށްފައިވާނަމަ، ރަޖިސްޓަރީ ކުރި ތަން ނޫން ތަނަކަށް ވޯޓު ނުލެވޭނެ ކަމަށެވެ.

ރިޔާސީ އިންތިޚާބުގައި ރަޖިސްޓަރީ ނުކޮށް، އަދި މިއިންތިޚާބުގައި ވެސް ރަޖިސްޓަރީ ކޮށްފައި ނުވާނަމަ، އެމީހަކަށް ވޯޓުލެވޭނީ ދާއިމީ އެޑްރެސް އޮންނަ ރަށެއްގައި ކަމަށް ޝަރީފް ވިދާޅުވިއެވެ.