ދުނިޔެއިން ދަސްކުރަންވީ ސުލްހަވެރިކަމާ، އެކުވެރިކަމާ، ކެތްތެރިކަންކަމަށް ކުރީގެ ނާއިބް ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު އެޑްވައިޒަރު ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ނިއު ޒިލެންޑްގެ ކްރައިސްޗާޗްގެ ދެ މިސްކިތަކަށް މިއަދުގެ ހުކުރު ވަގުތުގައި ދިން ބަޑީގެ ހަމަލާގައި 49 މީހަކު މަރުވުމާއި ގުޅިގެން އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

ދައުލަތުގެ މުހިންމު ވަރަށް ގިނަ މަގާމުތައް މީގެކުރިން ފުރުއްވާފައިވާ ޑރ ޖަމީލް ވިދާޅުވީ ނިއު ޒިލެންޑްގެ ދެ މިސްކިތަކަށް ދިން ހަމަލާތަކެއްގައި 49 މީހަކު މަރުވުމާއި ގުޅިގެން އެކަމާއި ހިތާމަކުރައްވާކަމަށާ އަދި އެ ނުރައްކާތެރި ހަމަލާ ވަރަށް ބޮޑަށް ކުށްވެރިކުރައްވާކަމަށެވެ.

އަދި ހިތާމައިގެ މި ދަނޑިވަޅުގައި މަރުވެދިޔަ އަދި ހަމަލާގައި ޒަޚަމްވި މީހުންގެ އާއިލާތަކަށް ހަމްދަރުދީ ފޮނުވާކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

ޑރ ޖަމީލް ވިދާޅުވީ ދުނިޔެއިން ދަސްކުރަންވީ ސުލްހަވެރިކަމާ، އެކުވެރިކަމާ، ކެތްތެރިކަންކަމަށެވެ.