ސްރީލަންކާގެ ޔުނިވަރސިޓީ އޮފް ކޮލަމްބޯގެ ފެކަލްޓީ އޮފް މެޑިސިންގައި ހިންގާ ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލައިފިއެވެ.

މިންސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަނުން އާންމު ކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން ލަންކާގެ ޔުނިވަރސިޓީ އޮފް ކޮލަމްބޯގެ ފެކަލްޓީ އޮފް މެޑިސިންގައި ހިންގާ "އެމް.ބީ.ބީ.އެސް" ޑިގްރީ ޕްރޮގްރާމްގައި ބައިވެރިވުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭރު ގައުމުތަކަށް 10 ފުރުސަތު ކަނޑައަޅާފައިވާ ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އޭޕްރިލް މަހުގެ 29 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަން ސްރީލަންކާގެ އެމްބަސީން ވަނީ އަންގާފަ ކަމަށް އިއުލާންގައި ވަނީ ބުނެފައެވެ.

މިކޯސްތަކުގެ ހުރިހާ ޚަރަދެއް ކުރަންޖެހޭނީ ކޯހުގައި ބައިވެރިވާ ކެންޑިޑޭޓުން އަމިއްލައަށެވެ.

އޮންލައިން އެޕްލިކޭޝަން ހުށަހެޅުމާއި، ކޯސްތަކާއި ގުޅޭ އެހެނިހެން ތަފްސީލް lk.ac.ugc.www ވެބްސައިޓުން ލިބޭނެ ކަމަށް އިއުލާންގައިވެއެވެ. މި ކޯހާގުޅޭ ހުރިހާ މަޢުލޫމާތު ކަރުދާހެއް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ވެބްސައިޓުގައި މިހާރު ވަނީ ޝާއިއު ކޮށްފައެވެ.