ފިކުރު އެއްގޮތްވާން ނުޖެހޭކަމަށާ ޑިމޮކްރަސީއަކީ އެއީކަމަށް އެމްޑީޕީގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އަލީ ނިޒާރު މިހެން ވިދާޅުވެފައިމިވަނީ ކުރިއަށް އޮތް މަޖިލީސް އިންތިޚާބުގައި ސަރުކާރު ކޯލިޝަންގަައި ހިމެނޭ ޕާޓީތަކުން ވަކިވަކިން ވާދަކުރަން ނިންމާ، ޕާޓީތަކުގެ މެދުގައި ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވަނިކޮށެވެ. ވަކިން ޚާއްސަކޮށް ކޯލިޝަންގެ މައި ދެ ޕާޓީކަމަށްވާ އެމްޑީޕީއާއި ޖުމްހޫރީ ޕާޓީގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވަނިކޮށެވެ.

މެންބަރު އަލީ ނިޒާރު ވިދާޅުވީ ސިޔާސަތުގެ ވާހަކަ ދައްކަންވުމުން، އެ ބަޔަކު ތިބި ފިކުރު ސާފުކޮށް ހާމަވާކަމަށެވެ. އަދި އެމްޑީޕީއާއި ޖުމްހޫރީ ޕާޓީ ކިޔާ ނަންދީގެން ޕާޓީތައް ހަދަނީވެސް ސިޔާސަތުތަކުގައި ތަފާތު ހުރުމުންކަމަށް އަލީ ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ ފިކުރު އެއްގޮތްވާން ނުޖެހޭކަމަށާ ޑިމޮކްރަސީއަކީ އެއީކަމަށެވެ.