ނިއުޒީލެންޑްގެ ދެ މިސްކިތަކަށް ޓެރަރިސްޓް ހަމަލާދީ، ސާޅީސް ނުވަ މުސްލިމުން މަރައި ބޮޑު ގަތުލުއާންމު ހިންގީ ނިއުޒީލެންޑްގައި ދިރިއުޅޭ އޮސްޓްރޭލިއާ ރައްޔިތެއް ކަމަށް އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ކަށަވަރު ކޮށްދެއްވައިފިއެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރު މޮރިސަން ވިދާޅުވީ، ދެ މިސްކިތަށް ވަދެ ބަޑިޖަހައި މުސްލިމުން މެރި މީހަކީ އޮސްޓްރޭލިއާގެ ކަނާތުފިޔައިގެ ޓެރަރިސްޓެއް ކަމަށެވެ.

"ކަނާތުފިޔައިގެ ހަރުކަށި އަނިޔާވެރި މި ޓެރަރިސްޓު ދިން ހަމަލާތައް އަޅުގަނޑުމެން ކުށްވެރިކުރަން" މޮރިސަން ވިދާޅުވިއެވެ.

މިސްކިތްތަކަށް ހަމަލާދިން މީހާގެ ނަމެއް ކަމަށް މީޑިއާއިން އާންމުކޮށްފައިވަނީ، ބްރެންޓަން ޓަރަންޓް ނަމަކަށްކިޔާ މީހެކެވެ. ނަމަވެސް، މިމީހާއާބެހޭ އިތުރު ތަފްސީލް ބޮޑުވަޒީރު ދެއްވާފައެއް ނުވެއެވެ.

ވިދާޅުވީ، މިހަމަލާއާއި އޮސްޓް ރޭލިއާއާ އެއްވެސް ގުޅުމެއް އޮތްތޯ ބެލުމަށް އޮސްޓްރޭލިއާގެ ކަމާބެހޭ ފަރާތްތަކުން މިހާރު ތަހްގީގު ފަށާފައިވާ ކަމަށެވެ.