ގެވެށި އަނިޔާ އަށް ތުހުމަތުކުރެވޭ މީހެއްގެ ކެމްޕެއިންގައި ބައިވެރިނުވާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، އެމްޑީޕީގެ ޓިކެޓްގައި ތިނަދޫ އުތުރު ދާއިރާ އަށް ވާދަ ކުރައްވާ އަބްދުލް މުޣުނީ އަށް ކުރެވެމުންދާ ތުހުމަތުތަކާއި ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ. އެ ތުހުމަތުތަކާއި ގުޅިގެން އެމްޑީޕީން ވަނީ މުޣުނީ އަށް އެޕާޓީން ނުކުރާ ކަމަށްބުނެ އޭނާއަށް ކުރި ތާއީދު އަނބުރާ ގެންގޮސްފައިވާކަން ވެސް އިއުލާންކޮށްފަ އެވެ.

އެކަމަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގެވެށި އަނިޔާގެ ތުހުމަތުކުރެވޭ މީހެއްގެ ކެމްޕެއިންގައި އެމަނިކުފާނު ބައިވެރިނުވާނެ ކަމަށެވެ. އަދި އެފަދަ ކަމަކަށް އެމްޑީޕީގެ ކެންޑިޑޭޓަކަށް ތުހުމަތުކުރެވޭނަމަ އެބޭފުޅަކު އަމިއްލަފުޅަށް އެފަދަކަމެއް މީގެފަހުން ނުކުރާނެ ކަމަށް އެއްބަސްވެ، އަކަމަށް މާފަށް އެދެން އެދިވަޑައިގަންނަވާ ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.