މިފްކޯގެ ވޭނެއް ދުއްވާފައި ދަނިކޮށް ވޭން ހުއްޓުވުމަށްފަހު އޭގެ ތެރޭގައި ތިބި މުވައްޒަފުން ހިފައިގެން ތިބި މިފްކޯގެ ދެ މިލިއަން ރުފިޔާ ފޭރިގެންފި އެވެ.

ފުލުހުންނާއި މިފްކޯ އިން ވެސް ވަނީ ވީނިއުސްއަށް މިކަން ޔަގީންކޮށްދީފަ އެވެ.

ވޭން ހުއްޓުވާފައިވަނީ ބޮޑުތަކުރުފާނު މަގުން ވޭނު ދުއްވާފައި ދަނިކޮށް މޫނު ނިވާކޮށްގެން ތިބި ބައެއް ކަމަށް އެނގިފައިވެ އެވެ.

މިފްކޯގެ ހެޑް އޮފީހުން ދެ މިލިއަން ރުފިޔާ ހިފައިގެން ދަނިކޮށް ފައިސާތައް ފޭރިގަތީ މުވައްޒަފުންނަށް ބިރު ދެއްކުމަށްފަހު ކޯރާޑިއަކުން ވޭންގެ ބިއްލޫރިގަނޑު ތަޅާލުމަށްފަހު ކަމަށް އެނގިފައިވެ އެވެ.

ފުލުހުން ދަނީ މިމައްސަލަ ތަހުގީގުކުރަމުންނެވެ. ނަމަވެސް ތުހުމަތުކުރެވޭ މީހަކު އަދި ހައްޔަރުކޮށްފައެއް ނުވެ އެވެ.