މަންމައަކަށް ވުމަށް ފަހު އެކްޓްރެސް ރާނީ މުކަރްޖީ ފިލްމުތަކުން ފެނުން ވަނީ ވަރަށް މަދުވެފަ އެވެ. ރާނީ އެންމެފަހުން ބޮޑު ސްކްރީނުން ފެނުނީ މިދިޔަ އަހަރުގެ ކާމިޔާބު ފިލްމު ހިޗްކީ އިންނެވެ.

މިއަހަރު ރާނީ އިތުރު ފިލްމެއްގެ މަސައްކަތްފަށަން ތައްޔާރުވެފައިވާކަން އޭނާ ވަނީ މިހާރު ހާމަކޮށްފަ އެވެ. އެގޮތުން 2014 ވަނަ އހަަރު ރާނީ ކުޅެފައިވާ ހިޓް ފިލްމު މަރްދާނީ ގެ ދެވަނަ ބައި މަރްދާނީ-2 ގެ މަސައްކަތް މިއަހަރު ފަށާނެ އެވެ. ދެވަނަ ފިލްމުންވެސް ރާނީ ފެނިގެންދާނީ ސީނިއާ އިންސްޕެކްޓަރ ޝިވާނީ ޝިވާޖީ ރޯއީގެ ރޯލުން ކަމަށް ލަފާކުރެވެ އެވެ.