އެއް އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު ޑައިރެކްޓަރ މޯހިތް ސޫރީ އަނެއްކާވެސް ފިލްމެއް ޑައިރެކްޓްކުރަން ފެށިއިރު މި ފަހަރުގެ ފިލްމުގެ ނަމަކީ "މަލަންގް" އެވެ. މި ފިލްމުގެ ލީޑް ރޯލުތައް އަދާކުރަނީ އަދިއްތިޔާ ރޯއި ކަޕޫރާއި ދިޝާ ޕަޓާނީ އެވެ.

މޯހިތް އަދި އަދިއްތިޔާ އާއިއެކު ދިޝާ މަސައްކަތްކުރާ މިއީ ފުރަތަމަ ފަހަރެވެ. އެހެންމަވެސް އަދިއްތިޔާ ވަނީ މީގެ ކުރިން މޯހިތްއާއެކު މަސައްކަތްކޮށްފަ އެވެ. އަދިއްތިޔާ މަޝްހޫރުވެގެންދިޔަ ފިލްމު އާޝިޤީ-2 ޑައިރެކްޓްކުރީ މޯހިތް ސޫރީ އެވެ.