މިއީ އިޓަލީ ވިލާތުގެ ރަށެކެވެ. މި ރަށަށް އިޓަލީ ބަހުން ދީފައިވާ ނަމަކީ "އިސޮލާ ޑެލެ ފިއްމިނޭ" އެވެ. މާނައަކީ "އަންހެން ކަނބަލުން ދިރިއުޅޭ ރަށް"އެވެ.

މި ރަށަކީ އިޓަލީވިލާތުގެ ކަމުވޮށިގެންވާ އާއިލާއަކަށް ނިސްބަތްވާ ރަށެކެވެ. ނަމަވެސް އެ އާއިލާއިން މިހާރު މި ރަށް ބޭނުމެއް ނޫނެވެ. އަދި އެ އާއިލާއިން މިހާރުދަނީ މި ރަށް ގަންނާނެ ފަރާތެއް ހޯދަމުންނެވެ. އެ މީހުން މި ރަށް ވިއްކާލަން ހުށައަޅާފައިވަނީ ހީނުކުރާ ފަދަ ކުޑަ އަގެކެވެ. ޕަލޭރްމޯގެ އައްސޭރިފަށުގައިވާ މި ކުޑަ ރަށް ވިއްކަން ހުށައަޅާފައިވާ އެންމެ 1.1 މިލިއަން އެމެރިކާ ޑޮލަރަށެވެ.

މިއީ އެ އާއިލާއިން މި ރަށް ވިއްކާލަން މަސައްކަތްކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރީން މިރަށް 3.9 މިލިއަން އެމެރިކާ ޑޮލަރަށް ވިއްކާލުމަށް ވެސް އެ އާއިލާއިން ވަނީ ބީލަމުގައި ހުޅުވާލާފަ އެވެ. ނަމަވެސް، އެ ފަހަރު މި ރަށް ގަންނަން އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައެއް ނުވެ އެވެ. މި ރަށުގެ އަގު އެހާ ބޮޑަށް ތިރިވެގެން އުޅޭ ސަބަބަކީ މިއީ އެވެ. ރަށް ގަންނާނެ ފަރާތެއް ނުލިބުމެވެ.