ފިލްމު ޗައްޕާކްގައި ދިޕިކާ ޕަދޫކޯން އަދާކުރާނީ އެސިޑް ހަމަލާއެއްގެ ޝިކާރައަކަށްވެފައިވާ އަންހެނެއްގެ ރޯލެވެ.

އެސިޑް ހަމަލާއެއްގެ ޝިކާރައަކަށްވި ލަކްޝްމީ އަގަރްވާލްގެ ރޯލުން މި ފިލްމުގައި ދިޕިކާ ފެނިގެންދާނެ ގޮތް ފުރަތަމަ ފަހަރަށް މިހާރު މިވަނީ ދައްކާލާފަ އެވެ.

މޭގްނާ ގުލްޒާރް ޑައިރެކްޓްކުރާ މި ފިލްމުގައި ދީޕިކާގެ ފެނިލުން ލަކްޝްމީ އަގަރްވާލްއާ ވައްތަރުކޮށްފައިވާއިރު ބޮލީވުޑް ގިނަ ސްޓާރުން ވަނީ ދިޕިކާ އިންސްޓަގްރާމް މެދުވެރިކޮށް އާއްމުކުރި މި "ފަސްޓް ލުކް" ފެނި ފިލްމް ބެލުމަށް ކެތްމަދުވެފައިވާކަން ހާމަކޮށް ޓްވީޓް ކޮށްފަ އެވެ.